މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މިއަދު މަރުވެއްޖެއެވެ.
އައިޖީއެމްއެޗުން ބުނީ މާލޭގެ އިމާރާތަކުން ވެއްޓުނު އިންޑިއާގެ ފިރިހެން މީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ މެންދުރު ފަހު 1:40 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އެ ފިރިހެން މީހާ ވެއްޓުނީ ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ވައި ގޮޅިން ބިންމައްޗަށެވެ.
ފުލުހުން ކުރިން ބުނީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި މަސައްކަތް ކުރަނިކޮށް ބިދޭސީން ވެއްޓި މަރުވުމުގެ ހާދިސާތަކެއް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!