ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ. ހައްވަ 941 ވޯޓު ހޯއްދެވި އިރު، ހަލީލަށް ލިބުނީ 888 ވޯޓެވެ.

Ad
rt

މިއީ އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގައި 2،000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިއަދު އިލެކްޝާންސް ކޮމިޝަނުން ވަނީ ވ.ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ވެސް ބާއްވައިފައެވެ. ފެލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް ވ. ފެލިދޫ ލަކީ ސްޓާ، ހުސެއިން ވިސާމެވެ. އޭނާ އަށް 200 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ވ. ވަންހަލް، މާލެ އަބްދުއްޝަކޫރް އިބްރާހިމަށް 106 ވޯޓު ލިބުނެވެ.

ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު، ރަސްގެތީމު، ފަރުދާވިލާ މަރިޔަމް ސުހާއެވެ. އޭނާ އަށް 86 ވޯޓު ލިބިވަޑައިގެންނެވިއިރު، ރަސްގެތީމު، ކުދިރަތްމާގެ، ހައްވާ އަށް ލިބުނީ 93 ވޯޓެވެ.