މޯލްޑިވްސް މެރިން އެކްސްޕޯގެ އެމްޓީސީސީ ސްޓޯލްތަކަށް ޒިޔާރަތްކޮށްގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ މެރިން އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 11 އާ ހަމައަށެވެ.

Ad
rt

އެމްޓީސީސީން މި އެކްސްޕޯގައި އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމަށް 6 ސްޓޯލެއް ބަހައްޓާނެއެވެ. އެ ސްޓޯލްތަކަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން ދައުވަތު އަރުވައެވެ.

މި ސްޓޯލްތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އައިފޯން 15 އެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ކަނޑުގެ އުޅަނދުތަކާއި އެ އުޅަނދުތަކާ ގުޅުންހުރި ތަފާތު އުފެއްދުންތަކާއި އެތަކެތީގެ މައުލޫމާތު އާންމުނަށް ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކު ކުލަގަދަކޮށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.