އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ސެމްސަންގްގެ އެންމެ ފަހުގެ ފޯން، ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފިއެވެ.

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބިގެންދެއެވެ.

Ad
rt

މޫލީން ސެމްސަންގް ގެލެކްސީ އެސް24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ 19 ޖެނުއަރީ 2024 ވަނަ ދުވަހުއެވެ.

އެސް24 ފޯނު ގަންނަ ކަސްޓަމަރުންނަށް އެ އޮފާގެ ދަށުން ލިބޭ ގިނަ ހަދިޔާތަކެއް ވެސް ލިބެއެވެ. އެއީ:
* ޕްރީ އޯޑަރު ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
* ޕްރީ އޯޑަރު ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
* އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
* އެޑޯބީ އެކްސްޕްރެސްގެ ދެ މަހުގެ ޕްރީމިއަމް އޮފާ
* ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗަރު

އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ ފުންނާބުއުސް ކުންފުނިތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ.