މާލެ އަތޮޅު ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ، އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި އެ ރަށް ތަރައްޤީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ފުނަދޫގައި ޤާއިމްކޮށްފައި ހުރި ފިއުލް ފާމް މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރާނީވެސް އެސްޓީއޯއިންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. 

ފުނަދޫގައި ހުރި ފިއުލް ފާމް އެހެން ރަށަކަށް ބަދަލުކުރަން ނިންމަވާފައިވާކަން އިއުލާންކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފިޔުލް ސްޓޯރޭޖް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ދުވަހުގެތެރޭގައި ނިންމާލެވޭނޭކަމަަށެވެ.

މީގެ އިތުރުން އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކޮށް، ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.