ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީއާއި، އެ ގައުމުގެ ތިންވަނަ ފަންތީގެ ކްލަބެއް ކަމަށްވާ އޯލެއޯންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ބުރުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. ރޭ އޯލެއޯންސްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
ރޭ މެޗުގެ 16 ވަނަ މިނެޓުގައި ލަނޑުޖަހައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ. ފުރަތަމަ ހާފު ނިމުނީ މު ލަނޑުން އެ ޓީމް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ލަނޑު އެމްބާޕޭ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ސީޒަންގައި އެމްބާޕޭ ވަނީ ހަތް މެޗުގައި ދެ ލަނޑު ނުވަތަ އެއަށްވުރެ އިތުރަށް ލަނޑު ޖަހާފައެވެ. މި ސީޒަންގައި މިހާތަނަށް އޭނާ ކުޅުނު 26 މެޗުގައި ވަނީ 28 ލަނޑު ޖަހާފައެވެ.
ރޭ މެޗުގައި ދެން ޕީއެސްޖީއަށް ލަނޑު ޖަހައިދިނީ ގޮންސާލޯ ރާމޯސްއާއި ސެނީ މަޔުލޫއެވެ. މިއީ މަޔުލޫ ޕީއެސްޖީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ދެ ލަނޑު ވެސް ޖަހާފައި ވަނީ އެމްބާޕޭގެ އެހީތެރިކަމާއި އެކުގައެވެ.
އޯލެއޯންސް ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ސެއިންޓް ރުފް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!