ސެމްސަންގެ ފަހުގެ ފޯނުތައް ދައްކާލާ އިވެންޓް ބަލަންގޮސްގެން އަގުހުރި ހަދިޔާއެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

“ގެލެކްސީ އަންޕެކްޑް 2024” އިވެންޓްގެ ވޮޗް ޕާޓީއެއް މިރޭ އުރީދޫއިން ބާއްވާނެއެވެ. މި ވޮޗް ޕާޓީ ފަށާނީ މިރޭ ސީހައުސް ކެފޭގައި 9:30 ގައެވެ.

Ad
rt

މި ވޮޗް ޕާޓީއަށް ދާ މީހުންގެ ތެރެއިން ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް 2 އެއް ލިބޭނެއެވެ.

އުރީދޫ އާއި ސެމްސަން ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އައު ފޯނުތައް ރާއްޖެއަަށް ތައާރަފުކޮށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައެވެ.

މިއަހަރުގެ ގެލެކްސީ އަންޕެކްޑް އިވެންޓުގައި ސެމްސަންގެ ފަހުގެ ފޯނުތަކުގެ އިތުރުން އިތުރު އެހެން އުފެއްދުންތައްވެސް ދައްކާލާނެއެވެ. މިއީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ އިވެންޓެކެވެ.