މޯލްޑިވްސް ގޭސްގެ އިސްވެރިންނާއި މެނޭޖްމަންޓް ގޭސް ޑެލިވަރީކުރުމުގައި އަމަލީގޮތުން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް ގޭސް އިން މިއަދު ‘’އެކްސް’’ ގައި ބުނީ، އެ ކުންފުނީގެ އިސްވެރިންނާއި މެނޭޖުމަންޓު ޓީމް ގޭސް ޑެލިވަރީ މަސައްްކަތުގައި ޢަމަލީ ގޮތުން މުވައްޒަފުންނާއެކު މިއަދު ބައިވެރިވަމުން އަންނަ ކަމަށެވެ.
މި ކަމަކީ، އާއަހަރާއި ގުޅިގެން ކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙަންމަދު (މަދަނީ އަބުދުﷲ) ވެސް ބައިވެރިވެއެވެ.
ގޭސް ކުންފުނިން އެ ކުންފުނީގެ އެމްޑީގެ އިސްނެންގެވުމާއެކު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މެދުގައި ދީނާއި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަޤުޞަދުގައި މިދިޔަ ޑިސެމްބަރު 14 އިން ފެށިގެން އެ ކުންފުނީގެ ކޯޕަރޭޓް ޔުނީފޯމްގައި ގައުމީ ދިދަ ވަނީ ހަމަނާފައެވެ.
މޯލްޑިވްސް ގޭހަކީ ސަރުކާރުގެ ގޭސް ކުންފުންޏެވެ. މި ކުންފުންޏަކީ އެސްޓީއޯގެ ދަށުން ހިނގަމުން އަންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!