އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ފައިވާން ގުދަނެއްގައި މިއަދު އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ފެބުރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އައިއިރު ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި ގުދަނަށް ލިބުނު ގެއްލުމެއް ވެސް އަދި ސާފެއް ނޫނެވެ.
އައްޑޫގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު، މިހާރު ވެސް އައްޑޫއަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. މި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ އައްޑޫއާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ވެސް ނެރުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!