އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް "ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރު ހުމަދު ރަޝީދު (ޕޮކަންޑި) އައްޔަންކޮށްފިއެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯގެ ސީއޯއޯއަކަށް އަހުމަދު ހަމަޖެއްސީ މިދިޔަ ހޯމަ ދުވަހު ބޭއްވި އާބަންކޯގެ ބޯޑް ބައްދަލުވުމުގައެވެ. އެ ޕޯސްޓުގައި އަހުމަދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމުގެ ކުރިން ހުޅުމާލޭގެ ބިންތައް ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހާލުމަކީ ބޮޑު ޖަރީމާއެކެވެ.

Ad
rt

އަހުމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވާނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އާބަންކޯގައި ހިންގި ޖަރީމާތައް ބެލުމަށް ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ،" އަހުމަދުގެ ޕޯސްޓުގައިވެއެވެ.

ޝަރުއީ ދާއިރާއިން ތައުލީމް ހާސިލު ކުރައްވައިގެން ހުންނެވި އަހްމަދު ރަޝީދު މީީގެ ކުރިން މަސައްކަތް ކުރެއްވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިސަރަކަށެވެ. އޭނާ ވަނީ 10 އަހަރު ވަންދެން ކޯޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އޮފިސަރަކަށް ހުންނަވަނިކޮށް ނޮވެމްބަރު 2021 ގައި އޭނާ ވަޒީފާއިން ވަކިކުރީ ރައީސް ސޯލިހްގެ ސަރުކާރާ ދެކޮޅަށް ފާޑު ވިދާޅުވެ، ޓުވީޓު ކުރައްވަން ފެއްޓެވުމުންނެވެ. އެމައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަހުމަދު ވަކިކުރީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑު އޮފް ކޮންޑަކްޓާ އެތައް ފަހަރަކު ހިލާފުވެގެން ކަމަށެވެ.

ޑީޖޭއޭ އިން އަހުމަދު އިބްރާހިމަށް ކުރި ސީރިއަސް ތުހުމަތުގެ ތެރޭގައި ނޮވެމްބަރު 27، 2017 ގައި ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ފޯމު ސިސްޓަމަށް އެންޓަކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުން ހިމެނެއެވެ.

ހުޅުމާލެ ކޯޓުން އޭނާ ވަކި ކުރި ފަހުން އަހުމަދު ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކިއެކި ޓުވީޓުތައް ކުރައްވާފައިވެއެވެ.