އާބަންކޯއިން ހަފުތާއެއްގެ ތެރޭގައި 60 ޓަނުގެ ކުނި ނަގައިފިއެވެ.

އެކުންފުނިން ބުނީ ކުންފުންޏާ އަލަށް ހަވާލުވެވަޑައިގެންނެވި މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން މުވައްޒަފުން ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެގޮތުން 30 ނޮވެމްބަރުން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރި ކަމަށް އާބަންކޯއިން ބުންޏެވެ.

Ad
rt

މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އާއި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި ވަނީ އެއްކޮށްފައެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ދަނީ ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ 'ޑެންގީ އިޖާބަ' ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް އާބަންކޯއިން ވަނީ ކޮށްފައެވެ.

އާބަންކޯއިން ބުނި ގޮތިގައި އެ ކުންފުނީގެ އަމާޒަކި ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. އެހެންވެ، އެ އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން އެދެއެވެ.