ނ. ވެލިދޫ ޖޫނިއާ ކޮލެޖު ހެދުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަން އަދި ބީމް ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ.
ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުނިން ބުނި ގޮތިގައި މި މަޝްރޫއުގެ ދަށުން ސައިޓް ކްލިއަ ކުރުމާއި އެކްސްކަވޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ. މި އިމާރާތުގައި، 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި ވޯކްޝޮޕެއް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11.91 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!