މަދަނީ މިންގަނޑުން ދަރިންގެ ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެ އެވެ.

Ad
rt

އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނު ނަމަވެސް އެ ކުއްޖާއަކީ ދަރި ލައްވާ މުއްދަތުގެ ބޭރުން ވިހާފައިވާ ކުއްޖެކެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ.

އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ސަރުކާރުގަ އެވެ. އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

ހައި ކޯޓުން ނިންމާފައި އޮތީ ޝަރުއީ އުސޫލުތަކުގެ ބޭރުން ބައްޕަ ސާބިތުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ