އުރީދޫ ފަން ރަން 2023 އާއެކު ބޭއްވުމަށް ހަމަ ޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް “އުރީދޫ ޑްރޯން ރޭސް 2023” ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އުރީދޫ ވެބްސައިޓް http://ore.do/dronerace މެދުވެރިކޮށް 10 ޑިސެމްބަރު 2023 ގެ ނިޔަލަށެވެ.

Ad
rt

މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ހަރަކާތެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ޑްރޯން ރޭސް 2023 ބެހިފައިވަނީ 2 ކެޓެގަރީ އަކަށެވެ. އެއީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ "ސްކައި ވޯކާ" ކެޓަގަރީއެވެ. ސްކައި އެލީޓް ކެޓެގަރީ ގައި ޑްރޯން ދުއްވާ 16 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރި ވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓެރެކުގައި ރޭސް ކުރާއިރު ބަލަން ވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށް ކަމަށް އުރީދޫއިން ބުންޏެވެ. ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓަރ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

• މި ކެޓެގަރީ ގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.

• މި ކެޓެގަރީގައި ބައިވެރިވާ ބޭފުޅުން ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާއެކު.

• އެއާކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ.

• ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

• މި ކެޓެގަރީ ގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާ އިރު 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.

• މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެއެވެ. އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫން.

• ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހެއެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓަރ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން މުއާމަލާތްކުރާނެ.

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް ވަނަތަކަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

• 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް

• 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)

• 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަ

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

• 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް

• 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)

• 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަ