އެމްފައިސާ އިން ބިލުތަކަށް ފައިސާ ދައްކައިގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު

photo_2023-11-19_14-27-52

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ އިން ބިލުތަކަށް ފައިސާ ދައްކައިގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އެމްފައިސާ އިން ކުރިއަށްގެންދާ 6 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތިން އެމްފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމްފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ.

އެމް ފައިސާ އަށް ރެޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓްރީ ވެވޭނެއެވެ.

އެމްފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި