އައްޑޫގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެއެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ހިތަދު އަށް އުފަން އަހުމަދު މުހައްމަދު 29، އެވެ.

Ad
rt

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެރުއްހެރާ އަށް ދަތުރުގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މި މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.