ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގެ ހުރުމަތް ކެނޑުމުން 10،000ރ. އިން ޖޫރިމަނާކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

ޕީޖީ އޮފީހުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި, އެ އޮފީސް ޖޫރިމަނާ ކުރީ އެ ކޯޓުން ނެރުނު އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުންނެވެ.

Ad
rt

އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ފޭދޫ ކޯޓުގެ ނިންމުމަކީ އިސްތިއުނާފް ކުރެވޭނެ ފަދަ ނިންމުމެއް ނޫން ކަމަށެވެ. އެހެންވުމުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.