ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަ ވުޒާރާ އެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި އެމަނިކުފާނު ވިދާޅުވީ އެ ދާއިރާ އަށް ހާއްސަ ވުޒާރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

Ad
rt

އެ ދާއިރާ އަށް އެއްބާރުލުން ކުރިއަރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި ކޮންސްޓްރަކްޝަން ދާއިރާ އޮތުމަށް ވުރެ، އެ ދާއިރާ އަށް ހާއްސަވާ މިނިސްޓްރީއެއް އޮތުމުން މިހާރުދިމާވާ ދަތިތަކަށް އަވަސް ހައްލެއް ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

އައު ސަރުކާރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް ވުޒާރާއެއް އުފައްދަވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް އެ ދާއިރާ އަށް ހާއްސަ ވުޒާރާ އެއް ގާއިމުކުރައްވާފައި ވެއެވެ. އަދި މި ދާއިރާ އަކީ ރާއްޖޭގައި މި ފަހުން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ދާއިރާ ވެސް މެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ކައުންސިލްތަކަށް ހާއްސަ ވުޒާރާއެއް ވެސް އުފައްދަވާނެ ކަމަށެވެ.