އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލާ އިތުބާރާއި އެކު އިންޓަނެޓް ގެ ފުރިހަމަ ބޭނުން ކުރުމަށް މޮބައިލް ކަނެކްޝަނެއް ހޯދާނަމަ، އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ވެގެންދާނީ އެކަމަށް ހައްލަކަށެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތަކުން ލިބޭ ޑޭޓާ އަދި ވޮއިސް ގެ ހިދުމަތްތަކުގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބެލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ.

Ad
rt

މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅޭ ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ. އަދި ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކުން އުރީދޫ ޕޯސްޓްޕެއިޑަކަށް ބަދަލުކޮށްލުމުންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގައި އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އާބާދީގެ 100 އިންސައްތައަށް އުރީދޫގެ ހަލުވި 4ޖީ+ ކަވަރޭޖް މިހާރުވެސް ފޯރުކޮށްދެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް މޮބައިލް ކަނެކްޝަން ހެޔޮ އަގުގައި ލިބެއެވެ.

އުރީދޫ ޕޯސްޓްޕެއިޑަަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ވަރުގަދަ ނެޓްވޯކްގައި ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ފުރިހަމަ ތަޖުރިބާއެއް ކަށަވަރުވެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގައި އެކި އެކި ބޭނުންތަކަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެކަށޭނެހެން ޑޭޓާ ހިމެނޭ ތަފާތު ޕެކޭޖްތައް ހެޔޮ އަގުގައި ހިމަނާފައިވެއެވެ.

މީގެ ތެރޭގައި ހިމެނޭ އާޗާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން މުޅި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާއިރު، އެކު ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ސޯޝަލް މީޑިއާ، ސްޓްރީމިން އަދި ރެގިއުލާ ޔޫސޭޖަށް ހާއްސަ ޑޭޓާ ލިބެއެވެ. މި ޕޯޓްފޯލިއޯގައި ޑޭޓާ ބޭނުންކުރާ މިންވަރު މަދު ކަސްޓަމަރުންނަށް ހެޔޮ އަގުގައި ލިބެން ހުރި ނެޓުހެޔޮ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ވެސް ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ފައިދާތަކަށް ބަލާއިރު ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު، މަސް ނިމޭއިރު ބޭނުން ނުކުރާ ޑޭޓާ ބޭކާރު ނުވާނެ ކަން ކަށަވަރު ކޮށް، އަނެއް މަހުގެ ޑޭޓާ އެލަވަންސް އަށް އެއްވެގެން ދެއެވެ. މީގެ އިތުރުން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ މެމްބަޝިޕާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތައް ލިބެއެވެ.

މީގެ އިތުރުން ނެޓުހެޔޮ އަދި އާޗާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރާ 3 މަހަށް ނުވަތަ 6 މަހަށް ނުވަތަ 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް ދެއްކޭނެއެވެ. މިގޮތަަށް ބިލް ދައްކާ ކަސްޓަމަރުންނަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.

އުރީދޫ މޯލްޑިވްސް ޕޮސްޕެއިޑް ޕެކޭޖްތަކާއި ބެހޭ މައުލޫމާތު http://ore.do/payless މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.