ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ކުޑަކޮށްފިއެވެ.
އާބަންކޯއިން ބުނެފައިވާ ގޮތުގައި މިހާރު 9 އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ 6 އިންސައްތައަށް ކުޑަކޮށްފައެވެ.
މީގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަންޏެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އާބަންކޯ އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަސައްކަތްތަކުގެ ދަށުން ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރީމެންޓްގައި ވަނީ ސޮއި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!