މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ގައުމި ދިފާއީ ބާރުން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސްގައި ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. މިގޮތުން އދ.މާމިގިލިން ފުރައިގެން ފ.ފީއައްޔަށް 3 ކުޑަދިންނާއި ފިރިހެނަކު ދަތުރުކުރި 20 ފޫޓުގެ ޑިންގީއެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. ކޯސްޓްގާޑުން މި ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިރޭ 20:00 ހާއިރު މި ޑިންގީއިން ދަތުރުކުރި 4 މީހުން ވަނީ ސަލާމަތްތެެރިކަމާއެކު ފެނިފައިވާކަމަށެވެ.

Ad
rt

ވީމާ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި އަދި ޚާއްޞަކޮށް ކުދި އަނގަމަތި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ. އަދި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

އެމްއެންއެންޑީއެފް އިން ނެރެފައިވާ އިތިމާސްގައި ބުނެފައި ވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެފަރާތުން އެއެމެވެ.