މަރުވެފައި އޮއްވާ މޫދުން މިއަދު ފެނުނީ ރަސްފަންނު ސަރަހައްދަށް ރޭ މޫދަށް ފުންމާލި މީހެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ މިއަދު ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާލުން ރޭ މޫދަށް ފުންމާލި މޭހެއްގެ ހަށިގަނޑު ކަމަށް މިހައިތަނަށް ކުރި ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން އެއީ އުމުރުން 41 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ އާއިލާ އާ ހަވާލުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރޭ 19:54 ހާއިރު ލިބިގެން ހަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބެލި ކަމަށް ވެސް ވިދާޅުވިއެވެ.