މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކަނޑުމަތިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

Ad
rt

އެ ހަށިގަނޑު ފެނިފައި ވަނީ މާލެއަތޮޅު ދޫނިދޫ އާއި ފުނަދޫ އާ ދޭތެރޭ ކަނޑުމަތިންނެވެ. އެހެންކަމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ހަށިގަނޑު ފެނިގެން އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މއިަދު ހެނދުނު 9:10 ހާއިރު ކަމަށެވެ.

އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ.

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިފައި މިވަނީ މިދިޔަ ހަފުތާގައި އދ. ދަނގެތިން އެކަނި މަހަށް ނުކުމެގެން އުޅެނިގެން މީހަކު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އެރަށުން އެކަނި މަހަށް ނުކުތީ ޔޫސުފް އިބްރާހިމް (ޔޫސުފްބެ) އެވެ. އުމުރުން މުރުން 68 އަހަރުގެ ޔޫސުފްބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ މިމަހުގެ 14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އެދުވަހުގެ ހެނދުނު 11:40 ހާއިރު އެވެ.

ޔޫސުފްބެ ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފްގެ 10 ޑައިވަރުންނާއި ދަނގެތީ 12 ޑައިވަރުން ވެސް ވަނީ ފީނައި އޭނާ ފެނޭތޯ ބަލާފައެވެ.

ޔޫސުފްބެ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން އިއްޔެގެ ނިޔަލަށް ކޯސްޓް ގާޑުން 664 ސްކޮއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށް އެ އިދާރާއިން ހާމަކުރައްވާފަވެއެވެ. އަދި، ޑޯނިއާ މަތިންދާ ބޯޓުގައި 907 ސްކޮއާ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކޯސްޓްގާޑު ޑައިވަރުން ވަނީ 376،850 ސްކޮއާ މީޓަރު ބަލާފައެވެ.

ޔޫސުފްބެ ހޯދުމަށް ދަނގެތީ ރައްޔިތުން ކުރި މަސައްކަތް ހުއްޓާލީ އިއްޔެއެވެ.