ފަލަސްތޫބަށް އެހީވުމުގެ ގޮތުން އެސްޓީއޯ ގްރޫޕުގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.
އެސްޓީއޯ ގްރޫޕުގައި ހިމެނެނީ އެސްޓީއޯ އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން އާއި މޯލްޑިވް ގޭސް އާއި މިފްކޯ އާއި އެފްއެސްްއެމް އަދި އެލައިޑް އިންޝުއަރެންސެވެ.
އެސްޓީއޯއިން ވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފައެވެ. މި ދުވަސް ފާހަގަކުރަމުންމިދާ ދަނޑިވަޅު ދިމާވެފައިވަނީ މުސްލިމުންގެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއް ކަމާއި ރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައެއްގެ ގޮތުގައި ތިބިބައެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އިސްރާއީލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެން ދިވެހިންވަނީ ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް،އެމްއެސްއެސް އަދި އެފްއެސްއެމްއިން ރައްޔިތުންނާއެކު ތިބިކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
ސްޓީއޯ އަދި އެސްޓީއޯ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، ހަވާލުކޮށްފައިވަނީ "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯންއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!