މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ގާލާ އެޑިޝަންގައި ލީޑިންގް ލޯކަލް ކެރިއާއަކަށް މޯލްޑިވިއަން ހޮވިއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް މޯލްޑިވިއަންއިން ކާމިޔާބުކުރީ ވިލާ އެއާއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސްއާ ވާދަކޮށްގެންނެވެ.
ލީޑިންގް އެއާޕޯޓް/ ސިޓީ ހޮޓެލް އެވޯޑް ހާސިލުކުރީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލްއިންނެވެ.
ސްރީލަންކަން އެއާލައިންސްއިން ވަނީ ލީޑިންގް
އިންޓަނޭޝަނަލް ކެރިއާގެ އެވޯޑް ދިފާއުކޮށްފަ އެވެ. އަދި ލީޑިންގް ލޯ ކޮސްޓް ކެރިއާގެ އެވޯޑް ކާމިޔާބުކުރީ އެއާ އޭޝިއާއިންނެވެ.
ޓްރެވަލް އެވޯޑްސްގައި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ އާންމުންގެ ވޯޓަކުންނާއި އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ މާކްސްއަށް ބެލުމަށްފަހުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!