ރ. ދުވާފަރުގައި ފީނަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާއެވެ. އަދި އޭނާ މިހާރުވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެރަށު މީހަކު ވަނީ ‘’ތިލަދުން’’ އަށް ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އިސްމާއީލް މޫސާ ވަނީ ނިޔާވެފައެވެ..
މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރ. އަތޮޅު ޔޫ އެންޑް މީ ރިސޯޓު ކައިރިއަށް ފީނަން ފޭބި މީހަކު ޚަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު އެ އިދާރާ އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:12 ހާއިރު ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!