ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫ އިން ޑިޖިޓަލް ފައިނޭންސް އަދި އެމް ފައިސާ ގެ ޓްރޭނިން ސެޝަނެއް ބާއްވައިފިއެވެ.

މިއީ ޑިޖިޓަލް ދިވެހި ރާއްޖެ އެއް ބިނާ ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޑިޖިޓަލް ފައިނައިނޭންސް ގެ ހިދުމަތްތަކަށް އާއްމުން އަހުލު ވެރި ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ސެޝަނެކެވެ. އެގޮތުން ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފަހި ވެގެންދާ ފުރުސަތުތަކާ، ފަސޭހަތަކާޢި އެމް ފައިސާ ބޭނުންކުރާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފައިވެއެވެ.

Ad
rt

‏‎ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް މިހާރު އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވެއެވެ.

އެމްފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކުގެ ބިލް ވެސް އެމްފައިސާއިން ދެއްކޭނެއެވެ.

‏‎މި ހިދުމަތާ އެކު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ފައިސާގެ މުއާމަަލާތް ކުރުމުގައި އިތުރު ލުޔެއް ލިބި، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ބިނާކުރެވިގެންދާނެއެވެ.

އެމްފައިސާ ގެ ހިދުމަތަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް މެދުވެރިކޮށް ބޭނުން ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތައް އުރީދޫ އެޕް ore.do/mf މެދުވެރިކޮށް ފަސޭހަކަމާއެކު ރެޖިސްޓަ ކުރެވޭނެއެވެ.