އިންތިހާބީ ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ ނަންފުޅުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރުވާން ފަށައިފިއެވެ.
ޕީއެންސީ، ޕީޕީއެމް ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންތިހާރައީސްގެ ނަންފުޅުގައި ދައުރު ކުރަމުންދާ އެސްއެމްއެސްތަކަކީ ހަގީގަތާ ހިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ.
އެ ކޯލިޝަނުން ވަނީ މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން މިފަދަ ނާތަހުޒީބު، ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެ ކޯލިޝަނުން ވަނީ އިންތިހާބީ ރައީސްގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި، އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވައިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!