އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން އަބްގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުއްޓާލަމުންދަނީ އިންތިހާބީ ރައީސްގެ އެންގެވުމަށް ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

Ad
rt

މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ދަންނަވާފއޮ ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ އެންގުމެއް ނާންގާނެ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީ ތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އެމަނިކުފާނު އަންގައިގެންކަމަށް ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވަނީ އާ މަޝްރޫއުތައް ނުފެށުމަށާއި ވަޒީފާގެ ކުރިއެރުން ނުދިނުމަށާއި ލޯނުތައް ނުނެގުމަށާއި އައު އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ހަތް ކަމެއް ނުކުރަން މި ސަރުކާރަށް އަންގަވާފައެވެ.

ނަމަވެސް އިންތިގާލީ މަރުހަލާ ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ މަސައްކަތާއި މިހާރު ފެށުމުގެ މަރުހަލާގައި ހުރި ކަންކަން ނުކުރުމަށް އިންތިހާބީ ރައީސަށް އެދިވަޑައިގެންނެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.