މެލޭޝިއާގައި ހުރި އިމާރާތެއްގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ގަހާތަރިގެ އުމަރު އަހުމަދު ނައީމް 22 އަހަރެވެ.
އެއީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ.
ސާދަ ވަނަ ފަންގިފިލާއިން ވެއްޓުނު ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހަތް ވަނަ ފަންގިފިލާގަ އެވެ. އަދި ވެއްޓުނީ ކީއްވެކަމެއް އަދި އޭނާ ސާދަ ވަނަ ފަންގިފިލާގައި ހުރީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެއެވެ.
އެ ހާދިސާ ހިނގީ މެލޭޝިއާ ގަޑިން ރޭގަނޑު ހަތެއް ޖަހާ ކަންހާ އިރެވެ. މި މަރުގެ މައްސަލަ މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!