ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ރަސަލް ހޮބްސްގެ އުފެއްދުންތައް ގަނެގެން ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރަސަލް ހޮބް އަކީ 1952 ވަނަ އަހަރު ތައާރަފުކޮށް ދުނިޔޭގެ އެތައް ބައެއް ގެ މަގުބޫލުކަން ހޯދާފައިވާ ނަން މަޝްހޫރު ބްރޭންޑެކެވެ.
މި ބްރޭންޑުގެ އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަން އެސްޓީއޯއިން ކުރޮއަށްގެންދާނީ މި އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ރަސަލް ހޮބްގެ އުފެއްދުންތަކުން ކުރާ ކޮންމެ -/250 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އިތުތު އިނާމުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ. މީގެ ތެރޭގައި:
* އެއްވަނަ އިނާމަކަށް ދެ މީހަކަށް ސިންގަޕޫރު ދެކޮޅު ޓިކެޓް
* ދެވަނަ އިނާމަކަށް 75 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީއަކާއި ޕިލިޕްސް ސައުންޑް ބާ އެއް
* ތިންވަނައަށް އިނާމަކަށް ހިޓާޗީ ފްރޮންޓް ލޯޑް ދޮންނަ މެޝިނެއް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!