އުރީދޫ މޯލްޑިވްސް އިން ފުޓްރެސްޓާ ގުޅިގެން ޓީޗަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ.

މިއީ މިއަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އުރީދޫއިން ތައާރަފުކުރޮ އޮފާއެކެވެ. މި އޮފާގެ ދަށުން ޓީޗަރުންނަށް ފުޓްރެސްޓުން 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

Ad
rt

ފުޓްރެސްޓަކީ ފައިގެ ތަފާތު ފައިގެތަފާތު މަސާޖުތައް ފޯރުކޮށްދޭ ތަނެކެވެ. މިއީ ބިޒީކޮށް އުޅޭ ފަރާތްތަކަށް “ރިލެކްސް” ކޮށްލަން ވަރަށް ރަނގަޅު ޙިދުމަތެކެވެ.

އުރީދޫއިން ޓީޗަރުންނަށް ހާއްސަ މި އޮފާގެ ދަށުން މި މަހުގެ ނިޔަލަށް ފުޓްރެސްޓުން ހިދުމަތް ހޯދޭނެއެވެ.

ފުޓްރެސްޓުން ޑިސްކައުންޓު ހޯދަން ޓީޗަރުންނަށް ޖެހޭނީ ޓީޗަ އައިޑީ ދައްކާލާށެވެ.

އުރީދޫއިން ކޮންމެ އަހަރެއްގެ ވެސް ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ހާއްސަ އިފާތަކެއް ތައާރަފު ކުރެއެވެ.