އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އިއްޔެ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ކަސްޓަމަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫގެ ސީނިއާ ސްޓާފުންނާއި މެނޭޖްމަންޓުން ވަނީ އެ ކުންފުނީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމުތަކުގެ މަސައްކަތުގައި ބައިވެރިވެ، ޓީމާއި ކަސްޓަމަރުންގެ ގޮންޖެހުންތަކާއި ތަޖުރިބާތައް ދެނެގަނެފައެވެ.

Ad
rt

އުރީދޫ ކަސްޓަމަރުންގެ ދުވަހަކީ މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕު ގެ ހުރިހާ ކުންފުންޏަކުންވެސް ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ އުރީދޫ މޯލްޑިވްސް ކަސްޓަމަރުންގެ ދުވަހުގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ކޮންޓެކްޓް ސެންޓަރުތަކާއި ޑިޖިޓަލް ކެއާ އާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން ބިޒްނަސް ޕާޓްނަރު ފިހާރަތައް ހިމެނޭ ގޮތަށް އުރީދޫ ގެ ހިދުމަތް ފޯރުކޮށްދޭ ކަސްޓަމަ ޓަޗްޕޮއިންޓްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ. މި ޒިޔާރަތްތަކުގައި ސީނިއާ ސްޓާފުން ވަނީ ކަސްޓަމަރުންނާ ސީދާ މުއާމަލާތްކޮށް، ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ބޭނުންތަށް އިތުރަށް ދެނެގަނެފައެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއާއި ހިތްހަމަޖެހުމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެވެ.

ކަސްޓަމަރުންގެ ދުވަހުގެ ހަރަކާތްތަކުން ދެނެގަނެވިފައިވާ މައުލޫމާތަށް ބިނާކޮށް އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުންޏެވެ.