ސްރީލަންކާގައި ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް މާސްޓަރ ކަޕް 2023 ގެ ރަނަރަޕްކަން ހުއްރިޔާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ސްރީކަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ޓާފް ދަނޑުގައި އިއްޔެ ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވެފައިވަނީ ސްރީލަންކާގެ ދެ ޓީމެއްގެ އިތުރުން ރާއްޖޭގެ ޓީމަކާއި އިންޑިއާގެ ޓީމެކެވެ.
ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުއްރިއްޔާ ސްޕޯސްޓް ކުލަބާއި ސްރީލަންކާގެ ސުޕަރ ސްޓަރ ވެޓްރެންސްއެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ރާއްޖޭގެ ފަސްޓްޑިވިޝްންގެ ގިނަ ކުލަބުތަކަށް ކުޅިފައިވާ، އަދި ސްރީލަންކާގެ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން ހިމެނޭ ސްޕަރ ސުޓަރ ވެޓެރެންސްއެވެ.
ހުއްރިއްޔާގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސްރީލަންކާގެ ޓީމް ސިޓީ ވެޓެރެންސް އާއެވެ. މި މެޗް 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ހުއްރިއްޔާ ސްޕޯޓްސް ކުލަބެވެ. ތިންވަނަ މެޗްގައި ބައްދަލްކުރީ އިންޑިޔާގެ ކަޔަލް ވެޓްރެންސް އާއެވެ. މިމެޗް ހުއްރިއްޔާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.
ފުރަތަމަ މެޗްގައި ހުއްރިއްޔާގެ ޑިފެންޑަރ އިމާދު އަދި ހަލުވި ފޯވަޑު ހުސްނީއަށް ލިބުނު އަނިޔާގެ ސަބަބުން ފައިނަލް މެޗުގައި މާ އެދެވޭ ކުޅުމެއް މުޅި ޓީމަށްވެސް ދެއްކިފައި ނުވެއެވެ. ފައިނަލް ގައި ސްފަރސްޓަރ ވެޓްރަންސް އަދި ހުއްރިޔާ ބައްދަލުކޮށް 6-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ސްރީލަންކާގެ ކުރީގެ ޤައުމީ ޓިމްގެ ގިނަ ކުޅުންތެރިން ހިމެނޭ ސްޕަރސްޓަރ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ސްޕަރ ސްޓާރގެ ކުރިޝަންތާ އަބޭ ޝޭކަރަ ހޮވިފައިވާއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރާއްޖޭގެ ކުރީގެ ޤައުމީ ޓީމްގެ ދުވެލިބާރު ފޯވަރޑް ހުއްރިއްޔާގެ މަޢުސޫމް އަބުދުލް ޤަފޫރު (މާސޭ)އެވެ.
މުބާރާތަށްފަހު ރޭ ބޭއްވި "ގާލާ ނައިޓް"ގައި ވާހަކަ ދައްކަވަމުން ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ކެޕްޓަން މާސޭ ފާހަގަކުރި ގޮތުގައި މިއީ ހުއްރިއްޔާ ވެޓެރެން ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ދަތުރުކަމަށާއި، މިމުބާރާތުގައި ދެވުނު ހިސާބާއި މެދު ވަރަށް ހިތްހަމަ ޖެހޭކަން ފާހަގަ ކުރިއެވެ. އެންމެ ބޮޑު މައްސަލައަކަށް ޓީމަށް ދިމާވީ ކުޅުންތެރިން ފުރަތަމަ މެޗުގައި ދިމާވި އަނިޔާގެ އިތުރުން، ނުވަ ކުޅުންތެރިންނާއެކު ކުޑަ(ނައިން އަ ސައިޑު) ދަނޑެއްގައި ކުޅެން އޮތް އޮތުން ވިއްސާރައިގެ ސަބަބުން ބޮޑު ދަނޑެއްގައި ނުވަ މީހުންނާ އެކު ކުޅެން ޖެހުންކަން މާސޭ ފާހަގަ ކުރިއެވެ.
މިމުބާރާތުގައި ލަންކާގެ ކުރީގެ ޤައުމީ ޓީމު ދެ ކުޅުން ތެރިން ކަމުގައިވާ ރާއްޖޭގެ އައި.އެފް.ސީއަށް ކުޅުނު ކަސުން ޖައިސޫރިޔާއާއި ކުރިޝަންތާ އަބޭ ޝޭކަރަގެ އިތުރުން ލަންކާގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރާއްޖޭގެ ވިކްޓަރީއަށް ކުޅުން އަޒުމީރު ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
ހުއްރިޔާގެ ކުރީގެ ކުޅުންތެރީން ކަމުގައިވާ އަބުދު ﷲ އިބުރާހިމް (ހުރާ އަބުޅޯ) މަޢުސޫމް އަބުދުލް ޤަފޫރު (މާސޭ)، ކީފަރ އިސްޙާގު އީސާ، އަތީފް އަޙުމަދު އިމާދު އަދި ނަދީމް ވެސް މި މުބާރާތުގައި ކުޅެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!