ޕީޕީއެމް ގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރައްވައިފިއެވެ.

އެމަނިކުފާނު ގެއަށް މިއަދު ބަދަލުކުރައްވާފައިވާއިރު، ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

Ad
rt

ޔާމީން މާލެ ގެންނެވީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމުން އެކަމުގެ އުފަލުގައި ޔާމިނަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާވެފައެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، ވީ އެންމެއަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކިބައިން އެދިވަޑައިގެންނެވީ ރޭގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ އެއީ ރައީސް ސާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށާއި މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ.