އައްޑޫގައި ބޭބެއަށް ވަޅިން ހަމަލާދީ މަރާލި ހުސައިން މަވާޒުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

މިދިޔަ ޖޫން މަހު އެއްބަނޑު އެއްބަފާ ބޭބެއަށް ޝުއައިބުއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރުމުން މަވާޒު ކުރިން ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެ ތައުބާވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

Ad
rt

މަވާޒާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނެ ކަަމަށް ކަނޑައަޅާފައިވަނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ޝަރީއަތުން ބަލައިގަނެފައިވާތީ މިއަދު އޭނާގެ މައްޗަށް ކަނޑައެޅީ އެ އަދަބެވެ.

ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދައަށް ހިފަން މަވާޒުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާދިން ގޮތް މަވާޒުގެ ކޯޓުގައި ރޮމުން ކިޔައިދީފައިވާއިރު، އެއީ މަސްތުގެ ހާލަތުގައި ރުޅިވެރިކަމުގައި ހިނގައިދިޔަ މާރާމާރީއެއް ކަމަށް ވަނީ ބުނެފަ އެވެ. އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމުގެ ރިކޯޑް އޮންނަ ދެ މީހުންނެވެ.