މާލޭގެ އިމާރާތެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

އެ އަލިފާން ރޯވިތާ މާގިނަ އިރެއް ނުވަނީސް ސިފައިން ނިއްވާލާފައިވާއިރު، އެ ސަރަހައްދުން ދެ މީހަކު ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވާފައެވެ.

Ad
rt

އެ ވަގުތު ދިވެހިރާއްޖޭގެ އަޑު ކައިރީ ހުރި މީހަކު ބުނީ ބެލެވެނީ އެއީ އެ ދެމީހުން ހިންގި ޢަމަލެއް ކަމަށެވެ. އެތަނުގައި ރޯވުމުން އެމީހުން އިމާރާތުން ފިލަން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ.

އެ ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށް ޕޮލިސް ކާރަށް އަރުވަނީ

އަލިފާން ރޯވީ ސީ ބިލްޑިންގ ކުރިމަތީ ހުންނަ ބާ އިމާރާތެއްގައެވެ. އެތަނަކީ މިވަގުތު މީހުން ދިރިއުޅޭތަނެއްހެން ހީނުވާކަމަށް އެތާތިބި ބައެއް މީހުން ބުނެއެވެ.

އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ

ފުހުން ވެހިކަލަށް އެރުވި ދެ މީހުންނަކީ އާންމުކޮށް މާލެ ތެރޭ ދަބަސް އަޅުވައިގެން ސަލާން ޖަހަން ހިނގާ ޒުވާން އުމުރުފުރާގެ ދެ މީހުންނެވެ.

’’މި މީހުން އައްޑާ އަކަށް މިތަން ހަދައިގެން އުޅެނީ، އެއީ މަސްތުވާތަކެތި ބޭނުންކުރާ ބަޔެއް، ހީވަނީ މި މީހުން ކުރިކަމެއްހެންމީ’’ އެތާ ހުރި މީހަކު ބުންޏެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވީ، މ.ހައުސްޕްލާޒާގޭގައި (މީހުން ދިރިނޫޅޭ)، ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ޖަމާކޮށްފައިވާ ކުނިތަކެއްގައި ކަމަށެވެ.

‘’މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވޭ.’’ އެމްއެންޑީއެފުން ވިދާޅުވިއެވެ.