ސީ ބިލްޑިންގ ކައިރީ ތަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ތަނެއްގައެވެ. އެއީ ގަރާޖެއް ކަމެއް ގެއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

Ad
rt

އެ ސަރަހައްދުން ދުވެފައި ނުކުތް މީހަކު ‘’ތިލަދުން’’ އަށް ބުނީ ރޯވެފައިވަނީ ސީ ބިލްޑިންގ ކުރިމަތީ ހުރި ބާ އިމާރާތެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

އެތަނުގައި ރޯވުމުން އަލިފާން ނިއްވަން ސިފައިން މިހާރު ހަރަކާތްތެރި ވަމުން އަންނައިރު، ދުން ގަނޑު އަންނަނީ ސަރަހައްދަށް ފެތުރެމުންނެވެ.

ރޯވި އިމާރާތް ހުންނަ ސަރަހައްދުގައި ސިފައިންގެ އިތުރުން ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.