މާލޭރަތްވިލާގޯޅީގައި ހުންނަ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވި ގޮތުގައި އަލިފާން ރޯވެފައިވަނީ، ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައެވެ.

Ad
rt

ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިރޭ 04:37 ހާއިރު ކަމަށާއި މިޙާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް ވިދާޅުވި އެވެ.

މިވަގުތު އަލިފާން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެއްކޮށް އަދި ނިއްވާނުލެވޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

“ފިހާރައިގެ ހުރިހާ މުދަލެއް އަނދާފައި. ކުރިމަތީގައި ހުރި 15ވަރަކަށް ސައިކަލް އަނދާފައި.“

އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 6:41 ހާއިއެވެ.