މ. މުލި އަދި އަދި ނާލާފުށި ގުޅުވާލުމަަށް ބޭނުންވާ ކޯޒްވޭ ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީވެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މުއްޔާއި ނާލާފުށި ގުޅާލުމަށް 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެއެވެ. އަދި ކޯޒްވޭގެ ތިން ސެގްމަންޓެއްގައި 105 މީޓަރުގެ ބްރިޖެއް ވެސް ހަދާނެއެވެ.

މީގެ އިތުރުން ކޯޒްވޭގެ މަގުތައް ހެދުމާއި ތާރު އެޅުމުގެ މަސައްކަތާއި 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 125.6 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.