ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެނިފައިވާ ޑޮލަރުތަކެއްގެ ވެރިފަރާތް ނޭންގިގެން އެ ފަރާތެއް ހޯދުމަށް ފުލުހުން އިޢުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ޑޮލަރުތައް ފެނިފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުގެ 18:28 އެހާކަންހާއިރު ގެވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލް ކަފިހިހުރަސް ސަރަހައްދުންކަމަށެވެ.

Ad
rt

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ ޑޮލަރުތަކުގެ ވެރިފަރާތުން، އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއަރޕޯޓް ޕޮލިސް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދިފައިވެއެވެ.

އެއީ، ކިހާ އަދަދެއްގެ ޑޮލަރެއްކަމެއް ފުލުހުން ހާމަކޮށްފަ އެއްނުވެއެވެ.

މީގެ ކުރިންވެސް ވެރިއަކު ނޭންގި ހޮވައިގެން ގެންނަ ފައިސާއާއި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން އިޢުލާން ކުރަމުން ގެންދެއެވެ.