އިންގްލެންޑްގެ ވިންގަ ތިއޯ ވޮލްކޮޓް އުމުރުން 34 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ވޮލްކޮޓްގެ 23 އަހަރުގެ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާގައި އޭނާ ގިނަ ދުވަސްތައް ހޭދަކުރީ އާސެނަލްގައެވެ. 2005 ވަނަ އަހަރު ވޮލްކޮޓް ކުޅެފައި ވަނީ ސައުތެމްޓަންއަށެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ސީޒަންގައި އޭނާ ވަނީ ސައުތެމްޓަންއަށް 21 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ.

Ad
rt

ވޮލްކޮޓް އާސެނަލްއަށް ގެނެސްފައި ވަނީ 2006 ވަނަ އަހަރު، އޭރު އާސެނަލްގެ ކޯޗްގެ މަގާމުގައި ހުރި އާސެން ވެންގާއެވެ. އޭނާ ވަނީ އާސެނަލްގައި ހޭދަކުރި 13 އަހަރު ތެރޭ އެ ޓީމަށް 397 މެޗު ކުޅެ 108 ލަނޑު ޖަހާފައެވެ. އާސެނަލްއާއިއެކު އޭނާ ވަނީ އެފްއޭ ކަޕް ތިންފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ދެފަހަރު ކާމިޔާބު ކޮށްފައެވެ.

ވޮލްކޮޓް އާސެނަލް ދޫކޮށް 20 މިލިއަށް ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި އެވަޓަންއަށް ބަދަލުވެފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ އެވަޓަންއަށް 85 މެޗު ކުޅެ 11 ލަނޑު ޖަހާފައެވެ. އެވަޓަން ދޫކޮށް ވޮލްކޮޓް މީގެ ދެ އަހަރު ކުރިން ދެން ބަދަލުވީ އޭނާގެ ކުރީގެ ކުލަބް ކަމަށްވާ ސައުތެމްޓަން އަށެވެ. ނިމިދިޔަ ސީޒަންގައި ސައުތެމްޓަން ވަނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ.

ވޮލްކޮޓް ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 47 މެޗު ކުޅެ އަށް ލަނޑު ޖަހާފައެވެ.