ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ނިޕޯން ކުލަ ގަތުމުން، ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން ފަށައިފި އެވެ.
މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފަށައިދިނީ މިއަދު އެކަމަށްޓަކައި ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް ހެންރީ އަންގް އެވެ.
ކުލަލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކުލަ ލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގަ އެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަ ލައިދެނީވެސް އެސްޓީއޯއިންނެވެ.
Today we have launched "Nippon Paint Application Service" and to mark the commencement of this Paint service, we are happy to paint the walls of Fiyavathi Kudakudhinge Hiya ☺️ @STO_HomeImp pic.twitter.com/zuYO15f07q
— STO (@stoplc) December 15, 2019
އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލާ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެ އެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިން ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެ ހިމެނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް އަބްދުﷲ މުހައްމަދު ވިދާޅުވީ ކުލަ ލައިދިނުމުގެ ހިދުމަތް މިވަގުތު ކޮމާޝަލް ބޮޑެތި ޕްރޮޖެކްޓްތަކަށް ނުދިން ނަމަވެސް ގޭބިސީތަކަށް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. ކުލަ ލައިދިނުމުގެ އިތުރުން ވެސް އެހެނިހެން ހިދުމަތްތައް ވެސް އެސްޓީއޯއިން ދެމުންގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!