މި އަހަރުގެ ލިވިން އެކްސްޕޯގައި އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކުރުމުން މައުލޫމާތާއެކުހަދިޔާ ލިބުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ފޯރުކޮށްދޭ "ހިޔާވަހި ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކުގެ އިތުރުން އެލައިޑުގެ ހުރިހާ ހިދުމަތަކާއި ބެހޭ މައުލޫމާތު ލިބޭނެއެވެ. "ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކާއިއެކު ގޭގައި ހުންނަ ފަރުނީޗަރުން ފެށިގެން ހިފާގެންގުޅޭ އަގުބޮޑު ސާމާނު ވައްކަމާއި އަލިފާން ރޯވުން ފަދަ ކާރިސާތަކުން ސަލާމަތްކޮށް އިންޝުއާ ކުރެވޭނެއެވެ.

Ad
rt

މި ޕްލޭންތައް އެލައިޑުގެ ވެބްސައިޓުންވެސް ނަގާލެވޭނެއެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ފެށީ މިއަދު 15:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ. މި އެކްސްޕޯ، މި މަހުގެ 12 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށްދާނެއެވެ.

އެލައިޑުގެ ސްޓޯލްތައް ހުންނާނީ މި އެކްސްޕޯގެ 23 އަދި 24 ވަނަ ސްޓޯލްގައެވެ.

ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށް އެލައިޑުގެ މޯބައިލް އެޕް ޑައުންލޯޑު ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއް އޮންނާނެއެވެ. މި ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް އެލައިޑުގެ ފަރާތުން އަލިފާން ނިވިއެއް ނުވަތަ އަލިފާނުގެ ހާދިސާގައި ބޭނުންކުރެވޭނެ ރަޖަލެއް ހަދިޔާކުރަނެއެވެ.

މި ގުރުއަތުލުން ކޮންމެ ދުވަހަކު ކުރިއަށްދާނެއެވެ.