ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ "ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" ފޮތް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ފަޒުނާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ގަބޫލު ވެސް ކުރާކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާގެ ތަޖުރިބާތައް ވެސް މިރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާ ވަނީ ހިއްސާ ކުރައްވާފައެވެ.
އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ، "ކުދިން ތަރުބިއްޔަތުކުރުމަށް ފަހިމަގެއް." މިފޮތުގައި، ކުދިންތަރުބިއްޔަތު ކުރުމުގައި ޢަމަލު ކުރެވިދާނެ މުހިއްމު ގޮތްތަކާއި މަޢުލޫމާތު ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!