އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން އެއާ ފައިބާގެ ހާއްސަ އެޑިޝަނެއް ނަސީބުވެރި ކަސްޓަމަރަކަށް ދިނުމަށް ހުޅުވާލި ފުރުސަތު މިރޭ ހަމަވާނެއެވެ.
މިއީ ޓީވީއެމްއާ ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ގިވްއަވޭއެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ހޭޔަންބޯ ޕްރޮގްރާމުގައި މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަަތު ވަނީ ހުޅުވާލާފައެވެ.
އުރީދޫ މޯލްޑިވްސް އިން ހުޅުވާލި މި ފުރުސަތުގައި އެއާ ފައިބާގެ ސްޕެޝަލް އެޑިޝަން ބޭނުންވާ ފާރަތްތަކުން އެސްއެސް ކުރަން ޖެހޭނީ HO (space) Ooredoo Maldives ޖެހުމަށްފަހު 300 އަށެވެ.
މި ފުރުސަތު އުރީދޫއިން ހުޅުވާލީ މިރޭ ދަންވަރު 12:00 އާ ހަމައަށެވެ.
އުރީދޫ އެއާ ފައިބާއަކީ ގެންގުޅެން ފަސޭހަ އަދި ފައިވްޖީ ލިބޭ ޕްރޮޑަކްޓެކެވެ.
އުރީދޫއިން އަންނަނީ އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އޮފާތަކެއްވެސް ތައާރަފު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!