ނ. މާފަރު އަދި ށ. ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީން މާފަރު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 84.68 ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއި، 20.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެއެވެ.

މާފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނީ އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 95.59 މިލިއަން ރުފިޔާއަށް 500 ދުވަހުން ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ރިވެޓްމަންޓް ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.