ރާއްޖޭގައި އެންމެފަހުން ވުޖޫދު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބޭއްވުމަށް ނިންމާމާފައިވަނީ މި ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހުއެވެ.
އެ ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި އުފެދުނު ހިޔާލުތަފާތުވުމުގެ ސަބަބުން އުފެދުނު ފެކްޝަނެކެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި އުފެދުނު "ފިކުރެއްގެ ދިރުން" ފެކްޝަން އެންމެފަހުން ސިޔާސީ ޕާޓީއަކަށް ބަދަލުވެ، އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވަނީ ރަޖިސްޓްރީވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!