މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް އެންތަނީ އެލަންގާ ހޯދުމުގެ މަސައްކަތް އެވަޓަންއިން ފަށައިފިއެވެ.

އެވަޓަންއިން އުމުރުން އެންމެ 21 އަހަރުގެ އެލަންގާ ލޯން އެއްބަސްވުމެއްގެ ދަށުން މި އަހަރުގެ ޖަނަވަރީ މަހު އެ ޓީމަށް ގެންނަން މަސައްކަތް ކޮށްފައިވެއެވެ. އެލަންގާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އެވަޓަންއިން ފަނަރަ ނުވަތަ ވިހި މިލިއަން ޕައުންޑް ހަރަދު ކުރާނެއެވެ.

Ad
rt

އެވަޓަންގެ އިތުރުން އެލަންގާއަށް ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުން ވެސް ޝަޢުޤުވެރިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖަރުމަނުގެ ބައެއް ކުލަބުތަކުން ވެސް އެލަންގާ ގެންދަން ބޭނުންވެއެވެ.

އެލަންގާ މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 2021 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 19 އަހަރެވެ. މިހާތަނަށް ޔުނައިޓެޑަށް އޭނާވަނީ 55 މެޗު ކުޅެ ހަތަރު ލަނޑު ޖަހައިދީފައެވެ. މިދިޔަ ސީޒަންގައި އެލަންގާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، މިދިޔަ ސީޒަންގައި އޭނާ ޔުނައިޓެޑަށް ކުޅެދިން 26 މެޗުގައި ވެސް ލަނޑެއް ޖެހިފައި ނުވެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެވަޓަން އިން މިހާރު ވަނީ އިނގިރޭސި ތަޖުރިބާކާރު ފުލްބެކް އެޝްލީ ޔަންގްގެ ސޮއި ހޯދާފައެވެ.