ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ސަލާމަތްވުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

Ad
rt

އެ މައްސަލަ ހައި ކޯޓުން ބައްލަވާ ބައްލަވަނީ ފަނޑިޔާރުންގެ ތެރެއިން ހުޒައިފާ މުހައްމަދު މިހާރު ހުންނެވީ މެޑިކަލް ޗުއްޓީއެއްގަ އެވެ. އަދި އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މި މައްސަލާގެ އަޑުއެހުމެއް ހައި ކޯޓުގައި ދެން މިމަހު ބޭއްވޭނެ ކަމަކަށް ނުބެލެވެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ބަންދުވާނެ އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ.